އިމާރާތުގެ ހަ ވަނަ ފަންގިފިލާ އަށް އެރީ ލިފްޓެއްގައެވެ. ލިފްޓުން ނުކުމެ ބަލާލި އިރު، ކުރިމަތިން ފެނުނީ އެޕާޓްމަންޓަށް ވަންނަ ދޮރެވެ. އެއީ 2،300 އަކަ ފޫޓުގެ ބޮޑު ބިމެކެވެ. ހުޅުމާލޭގައި ހަދާފައި ހުރި ގެސްޓްހައުސްގެ އެންމެ ފުރިހަމަ އެޕާޓްމަންޓެވެ. ލަގްޒަރީ ފެންވަރަށް ހަދާފައި ހުރި އެޕާޓްމަންޓް ރީތިވެފައި، ހިތްގައިމު ވާނެ އެތައް ސިފަތަކެއް ވަނީ ލިބިފައެވެ. އާއިލާއާ އެކު ވަގުތުކޮޅެއް ހޭދަކޮށްލަން އެއް ވަނައިގެ ތަނެކެވެ. މިއީ "ވައިޓް ބީޗު ހޮލިޑޭ" ގެސްޓްހައުސްގައި ހުރި އެޕާޓްމަންޓްތަކުގެ ތެރެއިން އާންމުންގެ މެދުގައި މިހާރު އެންމެ ބޮޑު މަގުބޫލު ކަމެއް ލިބިފައިވާ އެޕާޓްމަންޓްގެ ކުރު ތައާރަފްއެކެވެ. ވައިޓު ބީޗުން އެއް ކޮޓަރީގެ އެޕާޓުމަންޓު ޕޫލާ ނުލާ ލިބޭއިރު…